ދިވެހި ވިޔަފާރިތަކަށް އިސްކަންދީ، ރިއަލް އެސްޓޭޓްގެ ބާރު ދިވެހިންގެ އަތްމައްޗަށް ބަދަލުކުރަނީ

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ މަޝްރޫއުތައް ދިވެހި އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމުން ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖެހި، އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އުމްރާނީ ތަރައްގީގެ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މިނިސްޓަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ރިއަލް އެސްޓޭޓްގެ ބޮޑު ހިއްސާއެއް މިހާރު އޮތީ ބޭރުގެ ކުންފުނިތަކެއްގެ މައްޗަށް ފުރޮޅިފަ އެވެ. އެކަން ބަދަލުކުރުމަށްޓަކައި، އެ ސިނާއަތާއި ގުޅޭ ކަންކަމުގައި ދިވެހި ވިޔަފާރިތަކަށް އިސްކަން ދިނުމަށް ސަރުކާރުން ވަނީ އަންގާފަ އެވެ. އެގޮތުން، މިހާރުވެސް ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެތައް ސަތޭކަ ކޮންޓްރެކްޓެއް ހަވާލުކޮށްފައިވާ ކަމަށާއި، މިއީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ސޮއިކުރެވުނު ކޮންޓްރެކްޓްތައް މެދުވެރިކޮށް ސަރުކާރުގެ އަމާޒަކީ ދިވެހި ވިޔަފާރިތައް އިތުރަށް ބާރުވެރިކޮށް، ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖައްސައި، އާ އުސްމިންތަކަކަށް ގެންދިއުމެވެ.

”މިއަދު މި ސޮއިކުރެވޭ ކޮންޓްރެކްޓްތައް މެދުވެރިކޮށް ސަރުކާރުގެ އަމާޒަކީ ކުންފުނިތައް މިހާރަށްވުރެ ބޮޑަށް ބާރުވެރިކޮށް ހާއްސަކޮށް ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކޮޅަށް ޖަހައި އާ އުސްމިންތަކަކަށް ގެންދިއުން،“ ޒަމީރު ވިދާޅުވި އެވެ. އަދި ދިވެހި ވިޔަފާރިތަކަށް ރާއްޖޭގެ ބޭންކިން ފައިނޭންސް މެދުވެރިކޮށް މަޝްރޫއުތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ބޭންކިން ސެކްޓަރ ވެސް ދިވެހި ވިޔަފާރިތަކާ މިހާރަށްވުރެ ރައްޓެހި ފަހި ދާއިރާއެއް ކަމުގައި ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.

206 މަޝްރޫޢު (ޖުމުލަ 216) އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

  • 9 ދާއިރާއަކުން ޖުމުލަ 53 އަމިއްލަ ކުންފުންޏާއި މަސައްކަތްތައް ހަވާލުކުރި.
  • 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ހިމެނޭ.
  • އެއް ދުވަހެއްގައި އެންމެ ގިނަ މަޝްރޫޢު އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ދުވަސް.

މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއަދު ހަވާލު ކުރެވިގެންދިޔަ މަޝްރޫއުތައް ނިންމިކަން ވަޒަންކޮށް ކަށަވަރު ކުރާނެ ކަމަށާއި، މަސައްކަތްތައް ބަރާބަރަށް މޮނިޓާ ކުރަމުންދާނެ ކަމަށެވެ. އަދި ކޮންޓްރެކްޓާއި ފައިނޭންސިން އުސޫލުތަކާ އެއްގޮތަށް ބޭންކިން ފައިނޭންސް މެދުވެރިކޮށް މި މަޝްރޫއުތައް ހިންގުމާ ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

”މިއަދު ސޮއިކުރެވޭ މަޝްރޫއުތައް ހިންގަމުންދާއިރު ސަރުކާރުގެ އެކި މުވައްސަސާތަކުން މަސައްކަތް ނިންމިކަން ވަޒަންކޮށް ކަށަވަރު ކުރާނެ،“

މި މަޝްރޫއުތަކަށް ފައިނޭންސް ކުރާ ބައިވެރިންގެ އިތުބާރު ސަރުކާރަށާއި ރާއްޖޭގެ އިގުތިސޯދަށް މުހިންމުކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުންތައް ހިމެނެނީ އާންމު އިންވެސްޓްމެންޓް ފޯރަމް ފްރޭމްވޯކްގެ ތެރޭގައި ކަމަށެވެ. މިފަދަ ފްރޭމްވޯކެއްގެ ތެރޭގައި ރިސްކު ކުޑަކުރުމަށްޓަކައި ފައިސާ ދިނުން ޔަގީން ކުރާނެ ނިޒާމަކާއި މޮނިޓަރިންގެ އިންތިޒާމް ހިމެނޭ ކަމަށާއި، އެއާއެކު ބޭންކުތަކަށް ވެސް ރަނގަޅު ފައިދާއެއް ލިބި އިތުރު މަޝްރޫއުތަކަށް ވެސް ފައިސާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ