ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ދެކޭދެކުން މިއަދު ވަނީ ބަދަލުވެފައި: ފިނޭންސް މިނިސްޓަރު

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ދެކޭދެކުން މިއަދު ބަދަލުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަމިއްލަ ކުންފުނިތަކަކަށް ސަރުކާރުގެ މަޝްރޫއުތަކެއް ހަވާލުކުރުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލިއްޔާ އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި މާލީ ޒިންމާ ހަރުދަނާކޮށް އިގްތިސާދަށް އޮތް އިތުބާރު އަލުން ގާއިމްކުރުމަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ ދިވެހިރާއްޖެ ބަނގުރޫޓު ވެދާނެކަމަށް ދެކޭދެކުން މިއަދު ބަދަލުވެފައިވާ ކަމަށެވެ.

”ދިވެހިރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް މިހާރު ނުދެކޭކަމީ އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން. ބައިނަލްއަގުވާމީ އިތުބާރު އަލުން ގާއިމުކޮށް އެކުވެރި ގައުމުތަކުގެ ކިބައިން ދަރަނީގެ ލުއިތައް ހޯދާފައިވޭ. ދިވެހިރާއްޖެއަކީ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި މިހާރު ވަނީ ބަލައިގަންނަން ފަށާފައި.“ ޒަމީރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބޮޑު ދަރަންޏެއް ވާރުތަވިކަން ފާހަގަކުރައްވާ މިނިސްޓަރު މުސާ ޒަމީރު ވިދާޅުވީ މިހާރު ރާއްޖެ އޮތީ ދަރަނި އަދާކުރެވޭފަދަ ހާލަތެއްގައި ކަމަށެވެ. އަދި ދަރަނީގެ ތެރެއިން ބޭރުގެ ދަރަނީގެ ގޮތުގައިވެސް ބޮޑު އަދަދެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ދައްކާފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން ޒަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީ ޖީޑީޕީީގެ ނިސްބަތުން 32 އިންސައްތަ އަށް އިތުރުވެގެންދާނެ ކަމަށެވެ.

”ދަރަނި ދައްކާ ފަންޑުގައި ސަތޭކަ މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ މި ވަގުތު އެބަ ހުރި. މި ހިނގާ އަހަރުގެ ދައުލަތުގެ އާމްދަނީއަށް ބަލާއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ ބައްތިރީސް ޕަސެންޓަށް އުފުލިގެންދާނެ.“ ޒަމީރު ވިދާޅުވި އެވެ.

މިއަދު 206 މަޝްރޫއެއް 53 ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު މި ކުންފުނިތަކަކީ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމުގެ ގާބިލުކަން ހުރި ކުންފުނިތަކެއް ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ