ތެލެސީމިއާ ބަލީގައި ނިޔާވާ މީހުންގެ އަދަދު ދަށްވެއްޖެ

Advertisement

އެންމެ ފަސް

Advertisement

ތެލެސީމިޔާ ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ނުސައިބާ ފާރޫގް ހަސަން ވިދާޅުވެއްޖެ އެވެ.

ޑރ. ނުސައިބާ މިހެން ވިދާޅުވެފައި ވަނީ، ތެލެސީމިއާ ކޮންޓްރޯލް ކުުރުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ގުޅޭގޮތުން މޯލްޑިވިއަން ބްލަޑް ސާވިސް އަދި ތެލެސީމިއާ ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ބޭފުޅުންނާއެކު ބޭއްވި އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމެއްގަ އެވެ.

ޑރ. ނުސައިބާ ވިދާޅުވީ، ރާއްޖޭގައި އެންމެ ކުރީގައި މީހުން މަރުވާ ސަބަބަކީ ތެލެސީމިއާ މޭޖާއަކަށްވުން ކަަމަށެވެ. އަދި ރާއްޖޭގައި ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބި އުމުރުވެސް އެއިރު ކުރު ކަމަށެވެ.

”މި ހަފްތާ ތެރޭގައި ސްޓެޓިސްޓިކްސް ނެގިއިރުގައި 18 އަހަރުން ދަށުގެ 257 ކުދިން، 18 އަހަރުން މަތީގެ ގާތްގަނޑަކަށް 400 މީހުން އެބަ ތިބި،“

އޭގެން ދައްކުވައިދޭ އެއްޗަކީ ރާއްޖޭގައި ތެލެސީމިއާ ބަލީގައި ނިޔާވާ މީހުންގެ އަދަދު މަދުވެއްޖެ ކަމަށާއި، ތެލެސީމިއާ ކުދިން ދުނިޔެއަށް އަންނަމުންދާ މިންވަރުވެސް މަދުވިކަން ކަމަށް ޑރ. ނުސައިބާ ވިދާޅުވި އެވެ.

ޑރ. ނުސައިބާ ވިދާޅުވީ، މިހާރުވެސް ސަރުކާރުގެ އެހީގައި 10 ކުއްޖަކު ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރުގައި އެބަތިބި ކަމަށެވެ. އަދި މޯލްޑިވިއަންގެ ބްލަޑް ކައުންސިލްގެ ފަރާތުންނާއި އެމްބީއެސްއާ ގުޅިގެން ބްލަޑް ބޭންކްގެ ސްޓޭންޑާޑްތައް ހަދަމުންދާ ކަމަށެވެ.

މީގެ އިތުރުން، ޑޯނާ ފޯމްތައް ޑިޖިޓަލައިޒް ކުރުމަށް ސޮފްޓްވެއާއެއް ހެދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ޑރ. ނުސައިބާ ވިދާޅުވި އެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް ތެލެސީމިއާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ