ހިދުމަތް ހޯދުމުގައި ފަސޭހަކުރުމަށް އެމްބީއެސްއަށް ޚާއްސަ ހޮޓްލައިނެއް

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި އެވެ.

އެމްބީއެސްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހޮޓްލައިން ނަންބަރެއް ތައާރަފްކޮށްފައިވަނީ ހިދުމަތް ހޯދާ ފަރާތްތަކަށް ހިދުމަތް ހޯދުމުގައި ލުއި ފަސޭހަ ކުރުމުގެ މަގްސަދުގައި ކަމަށެވެ.

އެމްބީއެސް އިން ތަޢާރަފްކުރި ހޮޓްލައިން ނަންބަރަކީ 7333645 އެވެ.

އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

އެމްބީއެސްއިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 8:00 އިން 21:00 އަށް ޚިދުމަތްދެ އެވެ.

އެގޮތުން އެކި ޚިދުމަތްތައް އެކި ގަޑިތަކުގައި ލިބެން ހުންނައިރު، ޑޮކްޓަރަށް ދެއްކުން އޮންނަނީ 8:00 އިން 20:30 އަށެވެ. އަދި ތެލަސީމިއާއަށް ސްކްރީން ކުރުން އޮންނަނީ 8:30 އިން 13:00 އަށް ކަމަށްވާއިރު، ލޭ ހަދިޔާ ކުރުމަށް 8:00 އާއި 19:45 އާ ދެެމެދުގެ ގަޑިތަކުގައި ދެވޭނެ އެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ