ފޭރުނު 100،000 އަށް ވުރެ ގިނަ ޑޮލަރު އަދިވެސް ނުފެނޭ

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ ދެ މުވައްޒަފެއްގެ އަތުން ފޭރުނު 100،000 އަށް ވުރެ ގިނަ ޑޮލަރުގެ ތެރެއިން އެންމެ ޑޮލަރެއް ވެސް މިހާތަނަށް ފެނިފައި ނުވާކަން އެނގިއްޖެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު ހިންގި މި ބޮޑު ފޭރުމާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް، ފައިސާ ހުރި ސޫޓް ކޭސްގެ އެއްވެސް އަސަރެއް މިހާތަނަށް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. މިކަން ފުލުހުންގެ އިސް އޮފިޝަލަކު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އޮފިޝަލް ވަނީ ފައިސާތައް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އަދި އެ ފައިސާތައް ހޯދިފައި ނުވާކަމަށް ބުނެފަ އެވެ.

ބީއެމްއެލްގެ ޑޮލަރުތައް އެއާޕޯޓުން ފޭރިގަނެފައިވަނީ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ. އެނގިފައިވާ ގޮތުގައި އެ މީހުން މި ފައިސާ ފޭރިގަނެފައިވަނީ ކުރީގެ ޓާމިނަލް ތެރެއިން އާ ޓާމިނަލަށް ވަންނަން ބޭނުންކުރާ ކޮރިޑޯ ކައިރިންނެވެ. އަދި ބީއެމްއެލްގެ މުވައްޒިފުންގެެ އަތުން އެ ފައިސާ ދަބަސް ފޭރިގަތީ ވަޅިން ބިރުވެސް ދެއްކުމަށްފަހު އެވެ.

ޑޮލަރުތައް ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރޭޝަމް، ލ. މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، މާލެ، އަހުމަދު ރައިހާން ނައީމް (20އ) އާއި އަޅިވިލާގެ، ކ. ގުރައިދޫ، އިބްރާހިމް އަނޫފް (24އ) އާއި އަޅިވިލާގެ، ކ. ގުރައިދޫ، ހުސައިން ޝަހުދު އެވެ.

އެ މީހުންގެ ބަންދަށް ފުރަތަމަ ދިނީ 5 ދުވަހެ އެވެ. އެ ފަސް ދުވަސް މިއަދަށް ހަމަވުމުން އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބުމަށް އަމުރުކޮށްފަ އެވެ.

ބީއެމްއެލް ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ