ސަރުކާރަށް ދެ އަހަރު ފުރޭތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މި ޖަލްސާ ބާއްވާނީ މިމަހުގެ 14 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގަ އެވެ.
ޕީއެންސީން ހާމަކުރި ގޮތުގައި މި ބޮޑު ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެ ޕާޓީން ބުނެ އެވެ. ސަރުކާރުގެ ވެރިކަމަށް ދެ އަހަރު ފުރޭނީ މިމަހުގެ 17 ގައެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ރެކޯޑް މުއްދަތެއްގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރެކޯޑެއް ހައްދަވާފަ އެވެ. މި ޖަލްސާ ބާއްވަނީ ސަރުކާރުގެ މި ދެ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުންނެވެ.
މީގެ އިތުރުން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ވަނީ ދިވެހި އަސްކަރިއްޔާގެ ވަސީލަތްތައް އިތުރު ކުރުމަށް އެތަށް މަސައްކަތެއްކޮށްފަ އެވެ. ގައުމީ ދިފާއީ ބާރުގެ ހިދުމަތަށް ޑްރޯންއާއި ބޮޑު ކަނޑު އުޅަނދެއްގެ އިތުރުން އެއްގަމު އުޅަނދުތަކެއްވެސް ވަނީ މި 2 އަހަރު ތެރޭގައި ނެރެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީ ޕީއެންސީ ހައުސް
