އެއާޕޯޓުން ބީއެމްއެލްގެ ޑޮލަރު ދަބަސް ފޭރުނު 4 މީހުން ޝަރީއަތް ނިމެންދެން ބަންދަށް

Advertisement

އެންމެ ފަސް

Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ)ން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ބީއެމްއެލްގެ ޑޮލަރުތައް އެއާޕޯޓުން ފޭރިގަނެފައިވަނީ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ. ބީއެމްއެލްގެ ދެ މުވައްޒަފުން ހިފައިގެން ދިޔައީ ރާއްޖެ އިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން ދޫކުރަންޖެހޭ ޑޮލަރުތައް ހުރި ސޫޓް ކޭހެކެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން މި ފައިސާ ފޭރިގަނެފައިވަނީ ކުރީގެ ޓާމިނަލް ތެރެއިން އާ ޓާމިނަލަށް ވަންނަން ބޭނުންކުރާ ކޮރިޑޯ ކައިރިންނެވެ. އަދި ބީއެމްއެލްގެ މުވައްޒިފުންގެެ އަތުން އެ ފައިސާ ދަބަސް ފޭރިގަތީ ވަޅިން ބިރުވެސް ދެއްކުމަށްފަހު އެވެ.

ޑޮލަރުތައް ފޭރުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރޭޝަމް، ލ. މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، މާލެ، އަހުމަދު ރައިހާން ނައީމް (20އ) އާއި އަޅިވިލާގެ، ކ. ގުރައިދޫ، އިބްރާހިމް އަނޫފް (24އ) އާއި އަޅިވިލާގެ، ކ. ގުރައިދޫ، ހުސައިން ޝަހުދު އެވެ.

އެ މީހުންގެ ބަންދަށް ފުރަތަމަ ދިނީ 5 ދުވަހެ އެވެ. އެ ފަސް ދުވަސް މިއަދަށް ހަމަވުމުން އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބުމަށް އަމުރުކޮށްފަ އެވެ.

މި ހަތަރު މީހުންނާއި މި މީހުން ދަތުރުކުރި ލޯންޗު އަތުލައިގަތް ނަމަވެސް، އެ މީހުން ފޭރިގަތް 100،000 އެމެރިކާ ޑޮލަރު އަދިވެސް ހޯދިފައެއް ނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުޤީޤްކުރަމުން އަންނަ ކަމަށެވެ.

ބީއެމްއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ