ިސިނގެރޭޓް ކޮންޓެއިނަރު ވަގަށް ނެގުން: އެމްޕީއެލްގެ މުވައްޒިފުންވެސް ޝަރީއަތް ނިމެންދެން ބަންދަށް

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ އެމްޕީއެލް ބަނދަރުގައި ހުއްޓައި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކުރި ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބުމަށް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހުރިހާ މީހުންވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ، އެންމެފަހުން ހައްޔަރުކުރި ތިން މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، އެ ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން އަމުރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ މީހުންނަކީ؛

  • ހދ. ވައިކަރަދޫ، ނޫރަލީގެ، އަހްމަދު ޝަހީމް (42 އަހަރު)،
  • ހ. ރުމޭނިއާ، އަހްމަދު ފިރުޝާން (35 އަހަރު)،
  • އައްޑޫ ހިތަދޫ، ޗާންދަނީ، ހުސައިން ސާމިހު (35 އަހަރު)

މި ތިން މީހުންގެ މައްޗަށް ތުހުމަތުކުރަނީ މި ވައްކަމަށް އެހީތެރިވިކަމުގެ ތުހުމަތެވެ.

މި ވައްކަމުގެ މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. ވައްކަންކުރި ސިނގިރޭޓުތައް ހުރީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ކަސްޓަމުން ހިފެހެއްޓުމަށްފަހު އެމްޕީއެލްއާ ހަވާލުކުރި ދެ ކޮންޓެއިނަރުގަ އެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތެވެ.

ސިނގެރޭޓް ކޮންޓއިނަރު މައްސަލައިގަ އެންމެ ފުރަތަމަ ހައްޔަރުކުރި މީހުން

މީގެ އިތުރުން، ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރެއް ކަމަށްވާ މުއާޒު އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލްގެ މައްޗަށް ކުރަނީ އަމަލީ ގޮތުން ވައްކަން ރާވައި ހިންގިކަމުގެ ތުހުމަތެވެ. އެ ދެ މުވައްޒަފުން ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފަ އެވެ. އަދި، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް މިދިޔަ މަހުގެ 19 ވަނަ ދުވަހު ތިލަފުށިން ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ކޮންޓެއިނަރު އުފުލި ކަމަށް ބެލެވޭ ދޯނީގެ ކެޕްޓަން ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދު ވެސް ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ.

ސިނގެރޭޓް ކޮންޓއިނަރު މައްސަލައިގަ ދެ ވަނައަށް ހައްޔަރުކުރި މީހުން

މި ސިނގިރޭޓްތަކަކީ ޖުމްލަ 1،360 ކޭސް ސިނގިރޭޓް ކަމަށްވާއިރު، މީގެ ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ އަރާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފަ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ