3 ނޮވެންބަރު 1988ގެ އެންމެ މުހިންމު އެއް ފިލާވަޅަކީ މި ގައުމުގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި އަސްކަރީ ގާބިލް ފައުޖެއް އަބަދުވެސް އޮތުމުގެ ބޭނުންތެރިކަން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އިބްރާހީމް ހިލްމީ ވިދާޅުވެއްޖެ އެވެ.
ހިލްމީ މިހެން ވިދާޅުވެފައި ވަނީ، މިއަދު ދިވެހިން ފާހަގަ ކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ އަސްކަރީ ހުށަހެޅުންތައް ބޭއްވުމަށް ކުރިޔަށް ގެންދިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހިލްމީ ވިދާޅުވީ، ދިމާވެދާނެ ނުރައްކާތަކަށް ބަލައި އެ ނުރައްކާތަކާއި ކުރިމަތިލެވޭނެ އަސްކަރިއްޔާއެއް އަބަދުވެސް ތަރައްގީ ކޮށްފައި އޮތުމުގެ ބޭނުުންތެރިކަން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި އަސްކަރިއްޔާ ތަރަށްގީ ކުރުމަށް މަސައްކަތްޕުޅު ކުރަންވީ މި ގައުމަކީ މިނިވަން ގައުމެއްގެ ގޮތުގައި އަދި އަމިއްލަ ބާރުހުރި ގައުމެއްގެ ގޮތުގައި ބާއްވަވަން ބޭނުންފުޅުވެ ވަޑައިގަންނަވާތީ ކަމަށްވެސް ހިލްމީ ވިދާޅުވި އެވެ.
ހިލްމީ ވަނީ، ދިވެހި ރާއްޖޭގެ މިނިވަންކަން ދިފާއުކުރެވޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާއަށް ހޯއްދަވައި ދެއްވައި ފާއިތުވި މާޒީގައި ދިވެހި ސިފައިންވި މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރަށްވައި އަދި ނަސްރުގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރައްވައިދިން ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ސިފައިންނާއި ސިފައިންގެ އާއިލާތަކާއި، ރަށްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ.
ނަސްރުގެ ދުވަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެންޑީއެފް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީ
