އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި އޮތް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބުނު ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.
މި ހާދިސާގައި 6 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ އެވެ. އޭގެ ތެރެއިން ބަންގްލަދޭޝަށް ނިސްބަތްވާ، މައުސޫދު ހޮސައިން 32، އިއްޔެ ވަނީ ނިޔާވެފަ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާދެމުން ދިޔަ ދިވެހި މީހާ ނިޔާވެފައިވާ ކަމަށެވެ.
ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ، ގއ. ގެމަނަފުށި، ދިލްބަހާރުގެ، އަލީ އަފްލާހް އަބްދުﷲ (25އ) ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ކޮޅުވެއްޓި ބަންޑުންޖަހާލިއިރު އޭގައި ތިބީ 14 މީހުން ކަމަށެވެ. އެ އެންމެންވެެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހަވީރު 15:44 ހާއިރު އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދިވެހި ފުލުހުންގެ ޚިދުމަތް
