ދިރާސީ އާ އަހަރުގެ ކަލަންޑަރު ޑިޖިޓަލައިޒްކޮށް، ވެބްސައިޓުން ބަލައިލެވޭ ގޮތަށް އާންމުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ދިރާސީ އާ އަހަރަށް ހަމަޖައްސާފައިވާ އެކަޑަމިކް ކަލަންޑަރު، އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ޑިޖިޓަލައިޒްކޮށް، އެކި ބައިތައް ވަކިކޮށް ބަލައިލެވޭ ގޮތަށް އާންމުކޮށްފި އެވެ.

ކުރިން މިނިސްޓްރީގެ ވެބްސައިޓުގައި ކަލަންޑަރު އާންމުކުރަމުން އައީ ޕީޑީއެފް ފޯމެޓުގައި ކަމަށްވިޔަސް، މިހާރު ވަނީ ސްކޫލް ދުވަސްތަކާއި ބަންދު ދުވަސްތަކާއި އިމްތިހާނު ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތައް ވެސް ވަކިން ފާހަގަކޮށްފަ އެވެ.

މިހާރު އާންމުކޮށްފައިވާ އަންނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވެސް ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ 27 ގަ އެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ. މި ބަދަލާއެކު ދިރާސީ ކަލަންޑަރު ބަލައިލުމަށް ދަރިވަރުންނާއި ބެލެނިވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އަންނަ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. އަދި ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ. މި ކަލަންޑަރުގެ ސަބަބުން ސްކޫލްތަކަށް ވެސް އެކި ހަރަކާތްތައް ރާވާލުމަށް ފަސޭހަވެގެންދާނެ އެވެ.

މީގެ އިތުރުން، އާންމުކުރި ކަލަންޑަރުގައި، ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ވަނީ ވަކިކޮށްފަ އެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ