ބަޖެޓު 2026: ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާގެ ބަޖެޓެއް

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

މިދިޔަ ބްރާސްފަތި ދުވަހު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ތައުލީމީ ދާއިރާއަށް ހާއްސަކޮށްފައިވާ ބަޖެޓުގައި ޕްރީ ސްކޫލް އަދި ފަށާ ތައުލީމަށް 1.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ސާނަވީ ތައުލީމަށް 1.2 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވާއިރު، މަތީ ސާނަވީ ފެންވަރަށްފަހު ދެވޭ ތައުލީމު 218 މިލިއަން ރުފިޔާވަނީ ކަނޑައަޅާފަ އެވެ. އަދި މަތީ ތައުލީމަށް ކަނޑައަޅާފައިވަނީ 831 މިލިއަން ރުފިޔާ އެވެ. މީގެއިތުރުން ތައުލީމީ އެހެނިހެން ހަރުފަތްތަކަށް 108 މިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، 49 މިލިއަން ރުފިޔާ ހާއްސަކޮށްފައިވަނީ ތައުލީމީ ދާއިރާއަށް ދެވޭ ސަބްސިޑިއަރީ ހިދުމަތްތަކަށް ހަރަދުކުރުމަށެވެ. އަދި ތައުލީމީ ދާއިރާއިން ރިސާޗާއި ޑިވަލޮޕްމަންޓް އަށް ހަރަދުކުރުމަށް ކަނޑައަޅާފައިވަނީ 14 މިލިއަން ރުފިޔާ އެވެ.

ތައުލީމީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބަޖެޓުގައި ހާއްސަކޮށްފައިވަނީ 779 މިލިއަން ރުފިޔާ އެވެ. މީގެތެރެއިން ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ތަރައްގީގެ މަޝްރޫއުތަކަށް 116 މިލިއަން ރުފިޔާ ހާއްސަކޮށްފަ އެވެ. އަދި ސްކޫލްތައް އިމާރާތްކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް 598 މިލިއަން ރުފިޔާ ވަނި ކަނޑައަޅާފަ އެވެ. 

ސަރުކާރުގެ ފަރާތުން 2026 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ އެވެ. އަދި ޖުމުލަ އާމްދަނީއާއި ހިލޭ އެހީ ގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ބަޖެޓް 2026 އެޑިއުކޭޝަން މިނިސްޓްރީ ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ