ޅ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލު ހުޅުވައި ތިން މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ޅ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ އެވެ.
ޅ. އަތޮޅު މަދަރުސާ ހުޅުވައިދެއްވާފައިވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
މީގެއިތުރުން ޅ. ކުރެންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ފައްޓަވައިދެއްވާފައިވާއިރު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިދެއްވީ ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރަފީއު އެވެ.
ކުރެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާއިރު ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ އާއިއެވެ.
މި ރަސްމިއްޔާތުތަކުގައި މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެޑިއުކޭޝަން މިނިސްޓްރީ
