ޕީއެންއެފްގެ ރައީސްކަމަށް ޔާމީން އިންތިހާބުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންތިހާބުކޮށްފި އެވެ.

މި މަގާމަށް ރައީސް ޔާމީން އައްޔަންކޮށްފައިވަނީ ރޭ ޕީއެންއެފްއިން ބޭއްވި އެ ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގަ އެވެ. މީގެ އިތުރުން ޕާޓީގެ އިސް މަގާމުތަކަށް ވެސް ވަނީ ބޭފުޅުން އިންތިހާބުކޮށްފަ އެވެ.

އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ގައުމީ ޖަލްސާގައި ޕީއެންއެފްގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ހަމައެކަނި ރައީސް ޔާމީން އެވެ. އެހެންކަމުން އެމަނިކުފާނު ވަނީ އޮޓަމެޓިކުން ޕާޓީގެ ރައީސްގެ މަގާމަށް އިންތިހާބުވެފަ އެވެ.

ޕީއެންއެފްގެ ޖަލްސާގައި ޕާޓީގެ ދެ ނައިބު ރައީސުންގެ އިތުރުން ރެޖިސްޓްރާ އަދި ސެނެޓުގައި ތިބޭ 14 މެންބަރުން ވެސް ވަނީ އިންތިހާބުކޮށްފަ އެވެ. ޕީއެންއެފްގެ ނައިބު ރައީސުންގެ މަގާމަށް ހަމަޖެއްސީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އާއި ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ. ރައީސާއި ނައިބު ރައީސުންގެ މަގާމަށް ވެސް ކުރިމަތިލެއްވީ އެ އެބޭފުޅުން އެކަނި ކަމަށް ވުމުން، އެބޭފުޅުން ވަނީ އޮޓަމެޓިކުން މަގާމުތަކަށް އިންތިހާބުވެފަ އެވެ.

ޕާޓީގެ އިސް މަގާމުތަކަށް ދެން އިންތިހާބުކުރި ބޭފުޅުންގެ ތެރޭގައި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މުހައްމަދު މަލީހް ޖަމާލް އަދި ޓްރެޒަރާގެ މަގާމަށް މުހައްމަދު މުސްތޮފާ ހިމެނެ އެވެ.

ރައީސް އަބްދުﷲ ޔާމީން ޕީއެންއެފް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ