ގައުމެއް ކުރިއަރާނީ ސިކުނޑިތަކާއި އަތްތައްވެސް ތަރައްގީ ވެގެން: ފަސްޓް ލޭޑީ

Advertisement

އެންމެ ފަސް

Advertisement

ގައުމެއް ކުރިއަރާނީ ސިކުނޑިތަކާއި އަތްތައް ތަރައްގީވެގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެ ވެ.

އެކަމަނާ މިހެން ވިދާޅުވީ ޕޮލިޓެކްނިކް އަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ “ސްކިލްފެސްޓް“ގެ އޯޕަންޑޭ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.

ޕޮލިޓެކްނިކްގެ 50 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ އިންސާނާ ޚަލްޤުކުރައްވާފައިވަނީ އޭނާގެ ކިބައިގައި އެތައް ހުނަރެއް ހިމެނިގެންވާ ގޮތަށް ކަމަށެވެ. އަދި ފަހުން ކުރަން ޖެހޭ ކަމަކީ، އެ ހުނަރުތައް ތަރައްޤީކޮށް، ފެންވަރު މަތިކުރުންކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ހުނަރުވެރި ޖީލެއް އޮތް ގައުމެއް ކަން ފާހަގަކުރައްވައި ސާޖިދާ ވިދާޅުވީ ކުރީގެ ޖީލުތަކަކީ ދުނިޔެއަށް އެ ހިނދަކަށް އައި ބަދަލުތަކަށް އަހުލުވެރިވެ އެ ބަދަލުތަކާއި އެއްހަމައެއްގައި ކުރިއަށްދިޔަ ބައެއް ކަަމަށެވެ. މީގެ އިތުރުން، ތަފާތު އެކި ދާއިރާތަކުން އިލްމާއި ހުނަރު ދަސްކުރުމުގެ ފުރުސަތުތައް މިއަދު އިންތިހާއަށް ފަހިވެފައިވާއިރު މަސައްކަތްތެރިކަން ދިރުވުމުގެ ޤާބިލުކަން އަށަގެންނެވުމަށް ދިވެހި ޒުވާނުން ފަސްނުޖެހޭނެކަން ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ ސްކިލްފެސްޓް އޯޕެންޑޭ އިފްތިތާހުކޮށްދެއްވާފައެވެ. އަދި ޕޮލިޓެކްނިކަށް 50 އަހަރުފުރުން ރަމްޒުކޮށްދޭ ބޯޑުގެ މަސައްކަތް ފައްޓަވައިދެއްވީވެސް ސާޖިދާ އެވެ. މި އޯޕެންޑޭ ހުޅުވުމަށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ބޭރުގެ އިއްޒަތްތެރީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ