އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށް ގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 10 ވަނަ ނަސީބުވެރި ފަރާތަކަށް އިބްރާހިމް ވަޖްދީ ހޮވިއްޖެ އެވެ.
އިބްރާހިމް ވަޖްދީއަށް މި ލަކީޑްރޯގައި ލިބުނީ އުމްރާ ދަތުރެކެވެ. އޭނާގެ ފަރާތުން އިނާމާ ހަވާލުވީ މުހައްމަދު އިބްރާހިމް އެވެ.
މި ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އެއް ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ޖުމްލަ 19 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބޭއިރު، ކެމްޕެއިންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް-އޮންއެއް ބޭނުންކުރަން ޖެހެއެވެ. އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން 400 ރުފިޔާއިން މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް-އޮންއެއް ބޭނުންކުރަން ޖެހެއެވެ.
އުރީދޫއިން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަންގައި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެއެވެ. އަދި ކެމްޕެއިންގެ ޝަރުތުތައް ފުރިހަމަވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
