ފަންރަންއަށް އުރީދޫ ބިލްޑިން ދިއްލާލައިފި: ވީޑިއޯ ހިއްސާކޮށްގެން ޚާއްސަ އިނާމެއް

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުންކަމުގައިވާ، އުރީދޫ ފަންރަންއާ ގުޅިގެން އުރީދޫގެ މައި އޮފީސް އިމާރާތުގެ ދިއްލުންތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ ފަންރަންއަކީ ކޮންމެ އަހަރަކު ދެ ފަހަރު އެ ކުންފުނިން ބާއްވާ އުފާވެރިކަމުގެ ދުވުމެކެވެ. މިއީ އާއިލާ އާއި ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް، ދުވުމުގެ މަޖާ ނަގާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި އަހަރު މާލޭގައި ބާއްވާ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި ބޮޑު އިވެންޓް ފެށުމާ ގާތްވަމުން އަންނަ އިރު، އުރީދޫ ފަން ރަން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ އުރީދޫ އިމާރާތުގެ ބޭރުގެ ދިއްލުންތައް ވަނީ ރަންގެ ކުލަތަކުން ޒީނަތްތެރިކޮށްފަ އެވެ. އުރީދޫގެ މި ހަރަކާތް އިތުރު ހާއްސަކަމެއް ގެނައުމުގެ ގޮތުން، އެ ކުންފުނިން ވަނީ ފަން ރަން ލައިޓްތަކުގެ ވީޑިއޯ ނަގައި، ސޯޝަލް މީޑިއާގައި ޝެއާކުރުމަށް ހުރިހާ ފަރާތްތަކަށް ދައުވަތު ދީފަ އެވެ.

އުރީދޫން ބުނި ގޮތުގައި މި ވީޑިއޯ ޝެއާކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޚާއްސަ އިނާމެއް ވެސް ދޭނެ އެވެ.

މި މުބާރާތުގައި ބައިވެރިވާނެ ގޮތް:

  • އުރީދޫ ފަން ރަންއަށް ހާއްސަކޮށް އުރީދޫ އިމާރާތުގެ ދިއްލުންތަކުގެ ވީޑިއޯއެއް ނަގާލުން.
  • ވީޑިއޯ އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓިކްޓޮކްގައި ޕޯސްޓްކޮށްލުން.
  • އުރީދޫ މޯލްޑިވްސް (@ooredoomaldives) ޓެގްކޮށް އަދި ހޭޝްޓެގެއްގެ ގޮތުގައި #OoredooFunRun ބޭނުންކުރުން.

އުރީދޫން ބުނެފައިވަނީ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ ނިޔަލަށް ކަމަށެވެ.

އުރީދޫ އުރީދޫ ފަން ރަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ