ތުލުސްދޫއަށް އިތުރަށް މީހުން އެއްފަސް ކުރާނީ އެރަށު މީހުންނަށް ބޯހިޔާވަހިކަން ދިނުމަށްފަހު: ރައީސް

Advertisement

އެންމެ ފަސް

Advertisement

ކ. ތުލުސްދޫއަށް އިތުރަށް މީހުން އެއްފަސް ކުރާނީ އެރަށު މީހުންނަށް ބޯހިޔާވަހިކަން ދިނުމަށްފަހުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިިހެން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ރަށްޔިތުންނާއި ބައްދަލު ކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ތުލުސްދޫގައި ހިއްކާފައި އޮތް ބިމުން ގޯތި ދޫކޮށް، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ އެރަށުގެ ރައްޔިތުން ބޭނުންވާ ކަމެއް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާ ގުޅިގެން ކަންތައްތަކެއް ރާވާފައިވާ ކަމަށެވެ.

އާބާދީ އެއްފަސްކުރުމުގައި ތުލުސްދޫއަކީ ކާމިޔާބު ރަށެއް ކަމަށާއި، އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްފަހު، ޖާގަ އޮތް މިންވަރަކުން ތުލުސްދޫއަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތައް އެރަށަށް ގެންދިއުމަކީ ސަރުކާރުން ބޭނުންވާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”ޖާގަ އޮތް މިންވަރަކުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބޭނުންވަނީ އިތުރަށް ވެސް އާބާދީ އާއި ތަަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުތައް މި ރަށުގައި ހިންގަން.“

ރައީސް ވިދާޅުވީ، އާބާދީ އެއްފަސް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ތުލުސްދޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކ. ތުލުސްދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ