ތުލުސްދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ހިދުމަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ކ. ތުލުސްދޫގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވައިފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކ. އަތޮޅުގެ ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސްގެ އަރިހުގައި ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަމާހު ރަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު އަދި ތުލުސްދޫ ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ތުލުސްދޫގައި ގާއިމް ކޮށްފައިވާ ފެން ޕްލާންޓަކީ 200 ޓަނުގެ 2 އާރޯ ޕްލާންޓެވެ. އަދި ފެން ރަށްކާ ކުރުމަށްޓަކައި 1400 މީޓަރުގެ 2 ސްޓޯރޭޖް ގާއިމްކޮށްފައިވެ އެވެ.

މި މަޝްރޫއުއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީއިން ސްޓެލްކޯއާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއުއެކެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރެވުނު ވަޞީލަތްތަކަކީ 200 ޓަނުގެ 2 RO ޕްލާންޓާއި، 1400 ޓަނުގެ 2 RO ޓޭންކްއާއި، 1200 ޓަނުގެ 1 RW ޓޭންކްގެ އިތުރުން 17،336 މީޓަރުގެ ނެތްވަރކް ލައިނެވެ.

މި މަޝްރޫއުއަކީ ސަރުކާރުން 50.8 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްޓެލްކޯ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ