އިސްދޫ، ކަލައިދޫ، ދަނބިދޫ ގުޅުވާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ލ. އިސްދޫ، ދަނބިދޫ، ކަލައިދޫ ގުޅުވާލާ ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގެ ތެރެއިން ކޯޒްވޭގެ މަސައްކަތް ފަށާފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގަ އެވެ.

ކޯޒްވޭގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަރިހުގައި އެމްޓީސީސީގެ އެމްޑީ އަދި ކަލައިދޫ، ދަނބިދޫ ކައުންސިލްތަކުގެ ރައީސް ބައިބެރިވެވަޑައިގެންނެވި އެވެ.

މި ކޯޒްވޭ ވެގެންދާނީ ތަރައްގީގެ މުހިންމު މަސައްކަތަކަށް ކަމަށާއި މި ކޯޒްވޭގެ ސަބަބުން ޓޫރިޒަމް އިގްތިސޯދީ ގޮތުން ކުރިއެރުންތައް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު މިއަދުވަނީ އެރަށުގެ އޭޓީއެމްގެ ހިދުމަތް ފަށާފަ އެވެ. މި ހިދުމަތް ފައްޓަވައިދެއްވީ ރައީސް މުއިއްޒު އެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ލ. ކަލައިދޫ ލ. އިސްދޫ ލ.ދަނބިދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ