އިސްދޫ ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ލ. އިސްދޫގައި ގާއިމް ކުރާ ކުންޏާއި ވަސީލަތްތައް މެނޭޖު ކުރާ ސެންޓަރުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ފަށާފައިވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަރިހުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު، އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ގެ އިތުރުން ކައުންސިލް ގެ ރައީސް އިބްރާހިމް ހަލީލް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސެންޓަރުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ހަމަ މިއަދު އެ ރަށުގައި ވަނީ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވާފަ އެވެ. މި ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މީގެ އިތުރުން އެ ރަށުގެ ކައުންސިލް، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ، މުވައްސަސާތަކުގެ އިސްވެރިނާގެ އިތުރުން އެ ރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ.

ލ. އިސްދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ