އައްޑޫސިޓީގައި ދެމަފިރިން އެއްތަނެއްގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ، އައްޑުސިޓީ ހިތަދޫ ގެއެއްގެތެރޭގައި ދެ މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ދެމަފިރިންނެވެ. އެ ދެމީހުންވެސް ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެއްކޮޓަރިއަކުން ކަމަށް މައުލޫމާތު ލިބެ އެވެ.
އެ ދެމީހުންގެ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.