އެމްއޭސީއެލް ބޯޑަށް ޑީއެމްޑީ މުޖުތަބާ އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުޖުތަބާ ލަތީފް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ ލަތީފް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނީގެ ބޯޑުގެ މެންބަރުކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، އޮޑިޓް އަދި ރިސްކް ފަދަ ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، މި ފަހުން ވަނީ ބޯޑުގެ މެންބަރުންގެ އަދަދު ހަތަކުން ނުވައަކަށް އިތުރުކޮށްފަ އެވެ. ނަމަވެސް، ކުރިން ބޯޑުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކުރެއްވުމާ ގުޅިގެން، މި ވަގުތު ބޯޑުގައި ތިއްބެވީ ހަތް މެންބަރުންނެވެ.

އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބެވީ ޗެއާޕާސަން އައިޝާ ނޫރްއައިން ޖަނާހް އާއި އެ ކުންފުނީގެ އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ އެވެ.

އެމްއޭސީއެލް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ