ސިނގިރޭޓު ވައްކަން: މުއާޒުގެ ބަންދަށް އިތުރު 10 ދުވަސް

Advertisement

އެންމެ ފަސް

Advertisement

އެމްޕީއެލްގެ ބެލުމުގެ ދަށުން ގެއްލުނު ދެ ކޮންޓެއިނަރު ސިނގިރޭޓްގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަސްޓަމްސްގެ ކުރީގެ ސީނިއަރ ސުޕްރިންޓެންޑެންޓް މުއާޒު އަލީގެ ބަންދަށް ކޯޓުން އިތުރު 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މުއާޒުގެ  ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި މުއާޒު އަލީގެ އިތުރުން އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި، ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އަދި ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު މި ސިނގިރޭޓްތައް ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު ގެއްލުނު މައްސަލަ ފާހަގަވެފައިވަނީ މި އަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހުގެ ރޭ އެވެ. މި ސިނގިރޭޓްތަކަކީ ޖުމްލަ 1،360 ކޭސް ސިނގިރޭޓް ކަމަށްވާއިރު، މީގެ ޑިއުޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ އަރާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން 12 މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން، އެމްޕީއެލްގެ 6 މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ. އަދި މައްސަލައިގެ ތަހުގީގުގެ ތެރެއިން ވެހިކަލްތަކަކާއި އިތުރު ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ.

ކަސްޓަމްސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ދިވެހި ފުލުހުންގެ ޚިދުމަތް ދެ ކޮންޓެއިނާ ސިނގިރޭޓްގެ ވައްކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ