އެމްއެސްއެސްގެ މުވައްޒަފުންނަށް އަމާޒުކޮށް އެމްޕީއެލްއިން ފަޔަރ އެވެއަރނަސް ސެޝަނެއް ބާއްވައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޕޯޓް ޓްރެއިނިންގ ސެންޓަރުން އިންތިޒާމުކޮށްގެން، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

އެމްޕީއެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުގެ ދެ ޓްރެއިނަރުން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބެޗްގައި އެމްއެސްއެސްގެ 25 މުވައްޒަފުން ބައިވެރިވެފައިވެ އެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗް 20 އޮކްޓޫބަރު 2025 ގައި ބޭއްވި އިރު، ދެވަނަ ބެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2025 ގަ އެވެ.

އެމްޕީއެލްއިން ބުނާ ގޮތުގައި މި ސެޝަން ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެމްއެސްއެސްގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކޮށް، ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތް ދަސްކޮށްދިނުމެވެ. މި ސެޝަނަކީ މަސައްކަތުގެ މާޙައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެ، އެފަދަ ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރިއަށްގެންދިޔަ ޚާއްޞަ ތަމްރީން ޕްރޮގްރާމެކެވެ.

މި ސެޝަންތަކުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ދަސްކޮށްދެވުނެވެ. އަދި އަލިފާން ނިއްވުމަށް ބޭނުންކުރާ އިކުއިޕްމަންޓް ބޭނުންކުރާނެ ގޮތާއި، އަލިފާނުގެ ހާލަތްތަކުގައި ސަލާމަތީ ގޮތުން ޢަމަލުކުރާނެ އުސޫލުތަކުގެ ޢަމަލީ ތަމްރީންވެސް ދެވުނެވެ.

އެމްޕީއެލްއިން ބުނީ މިހާރުވެސް އެކި މުއައްސަސާތަކާ ގުޅިގެން މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށާއި ކުރިއަށް އޮތްތާގައިވެސް މިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާދިސާތަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީންކުރުމަކީ މުހިންމު ކަމެއް ކަމުގައި އެ ކުންފުނިން ދެކެ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ