އެމްއެންޑީއެފް އާއި އެމްޕީއެލް ގުޅިގެން ހިންގި ”ޕޯޓް ސެކިއުރިޓީ ޓްރެއިނިންގ“ ޕްރޮގްރާމް ނިންމާލައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓް ގާޑް ޓްރެއިނިންގ ސްކޫލް ގުޅިގެން ހިންގި ”ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ“ ކޯހުގެ ބައިވެރިން ކޯސް ފުރިހަމަކޮށްފި އެވެ.

އެމް.އެން.ޑީ.އެފް ކޯސްޓް ގާޑް ޓްރެއިނިންގ ސްކޫލުން ގިރިފުށީގައި އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި ޖުމްލަ 30 މުވައްޒަފުން ބައިވެރިވި އެވެ. މީގެ ތެރޭގައި އެމްޕީއެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓުގެ އިތުރުން، ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.

ބަންޑާރަކޮށީގައި ބޭއްވުނު ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. މި ކޯހަކީ އެމްއެންޑީއެފް އާއި އެމްޕީއެލް ގުޅިގެން އަހަރުތަކެއް ކުރިން ފެށި، ބަނދަރުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް އަމާޒުކޮށްގެން ހިންގާ ކޯހެކެވެ.

މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީ މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިންނަށް ކުއްލި ހާލަތުގައި ޢަމަލުކުރާނެ ގޮތާއި، ސެކިއުރިޓީ ޑްރިލްތަކާއި، މަސައްކަތުގެ އަޚްލާޤު ހިމެނޭ ޢަމަލީ ތަމްރީނުތަކުގެ އިތުރުން، އައިއެސްޕީއެސް ކޯޑަށް ޢަމަލުކުރުމާއި، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިޓައިމް ސޭފްޓީއާ ގުޅޭ ތަމްރީނުތައް ދެވުނެވެ.

ކޯސްޓް ގާޑް އެމްއެންޑީއެފް އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ (ޑީސީޕީ ރިޓަޔާޑް) މުހައްމަދު ރިޝްވާން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ