ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު ދަންމާލައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު ދަންމާލައިފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ވައިޓް އެލާޓް ނެރެފައިވަމީ މާލެ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށެވެ. އެންމެ ފުރަތަމަ މި ސަމާލު ނެރުނީ ރޭ ފަތިހު 04:00 އިން ފެށިގެން 10:00 އާ ހަމައަށެވެ. އެ ވަގުތު ހަމަވުމުން ވަނީ 10:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށް އެލާޓްގެ ވަގުތު އިތުރުކޮށްފަ އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި އެލާޓް ނެރެފައިވާ ވަގުތުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލަށް 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިޖެހި ކަނޑުތައް ގަދަވާނެ އެވެ.

މީގެ އިތުރުން އެ އިދާރާއިން ލަފާކުރާ ގޮތުގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރައި ބޯކޮށް ވާރޭވެހޭނެ އެވެ. އަދި އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ އެވެ.

ހުޅަނގު މޫސުމުގެ ބާރުގަދަވެ ޜައްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.

މޫސުން ގޯސްވުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ