ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުމަށް ޕްރޮގްރާމެއް ހިންގަނީ

Advertisement

އެންމެ ފަސް

Advertisement

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކޮށް އަހުލުވެރިކުރުމަށް ބާއްވާ ހާއްސަ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ، މި ޕްރޮގްރާމަކީ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.

ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުޤުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް ބުނެފައިވެއެވެ.

މި ޕްރޮގްރާމް ގައި ބައިވުމަށް ހުޅުވާލާފައިވާއިރު މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފަހު ތާރީހަކީ މި މަހުގެ 23 ވަނަ ދުވަހެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު، އައިޑީ ކާޑުގެ ކޮޕީ ގެ އިތުރުން 18 އަހަރުން ދަށުގެ ޒުވާނެއް ނަމަ ބެލެނިވެރިޔާގެ ހުއްދައޮތް ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި މި ޕްރޮގްރާމް ގައި ފުރުސަތު ދޭނީ ފަސް ޒުވާނަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ 24 އަހަރުން ދަށުގެ ފަރާތްތަކަމަށާއި އެ މިނިސްޓްރީގެ މަސްވެރިންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށެވެ.

މި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ގެ ބައިވެރިންނަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެލަވަންސު ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދީފައިވެ އެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި، އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު، ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އުނގެނި ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްވެރިކަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ