ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ

Advertisement

އެންމެ ފަސް

Advertisement

މާލެއިން ފުރައިގެން ކ. އެރިއަދޫ އަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ ކޮޅުވެއްޓީގެ ބައިތައް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ކޮޅުވެއްޓީގެ ބައިތައް އޮޔާދާނެ ކަމަށް ލަފާކުރެވެނީ ކ. ތުޅާގިރީގެ އިރު ދެކުނު ސަރަހައްދުންނެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އިތުރު ސަމާލުކަމެއް ބެހެއްޓުމަށް އެމްއެންޑީއެފުން އެދިފައިވެ އެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި ބަންޑުން ޖަހާލި މި ކޮޅުވެއްޓީގައި ހަތް މީހަކު ދަތުރުކުރި އެވެ. އެމްއެންޑީއެފުން ކުރި މަސައްކަތުން މީގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކުރެވުނު ނަމަވެސް، ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު ވަނީ ނިޔާވެފަ އެވެ. ނިޔާވި ފަރާތަކީ ގއ. ދާންދޫ، އަހުމަދު ޝިފާން (38އ) އެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ޝިފާންގެ ހަށިގަނޑު ވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ކަނޑުގެ އަޑިން ނަގާފަ އެވެ. އަދި މި ހާދިސާގައި ބަންޑުން ޖެހުނު ކޮޅުވެއްޓި މިހާރު ވަނީ އެއްކޮށް އަޑިއަށް ގޮސްފަ އެވެ.

މި ހާދިސާއާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އެމްއެންޑީއެފް މޫސުން ގޯސްވުން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ