ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

Advertisement

އެންމެ ފަސް

Advertisement

ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.

މެޓުން ހުދު ސަމާލު ނެރެފައި ވަނީ ހެނދުނު 09:30 އިން ހަވީރު 15:30 އަށެވެ.

މެޓުން ނެރުނު ހުދު ސަމާލުގައި ބުނެފައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ، އެންމެން އަދި ހާއްސަކޮށް ދަތުރުވެރިން، މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ސާފުކޮށް މޫސުމަށް ސަމާލުވުމަށް އެދިފައިވެ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ