އަންނަ ހޯމަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

Advertisement

އެންމެ ފަސް

Advertisement

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މީގެކުރިން ލަފާކޮށްފައިވަނީ މި ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށެވެ. ނަމަވެސް މެޓް އޮފީހުން މިއަދު ބުނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެގޮތުން މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ، އެންމެން އަދި ހާއްސަކޮށް ދަތުރުވެރިން، މޫސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ސާފުކޮށް މޫސުމަށް ސަމާލުވުމަށް އެދިފައިވެ އެވެ.

ރާއްޖެ މަތީގައި ވިއްސާރަ ވިލާތައް، އޮކްޓޫބަރު 16، 05:00

މެޓް އޮފީހުން ބުނެފައިވަނީ، މި މުއްދަތުގައި ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށެވެ. އާއްމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ކަނޑު ގަދަވާނެ ކަމަށާއި އަދި އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތައް މޫސުން ގޯސްވެފައިވާއިރު ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ނ. މާފަރަށެވެ. މާފަރަށް 87.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ހދ. ކުޅުދުއްފުއްޓަށް 86.3 މިލިމީޓަރުގެ ވާރޭ އަދި ކ. ދިއްފުއްޓަށް 81 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އަދި ރާއްޖޭގެ ބޮޑު ސަރަހައްދަށް ވަނީ ވައިޓް އެލާޓްވެސް ނެރެފަ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ