ސްކޫލުތަކުގައި އިންކްލޫސިވް ކްލާސްރޫމް ގާއިމު ކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ތައުލީމީ ދާއިރާގައި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ގައުމީ ފެންވަރުގައި މަޝްރޫތަކެއް ފަށަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ށ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުނަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ދާއިރާގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކަށީގެންވާ ސަމާލުކަމެއް ދެވޭނެ ނިޒާމެއް ފުރިހަމައަށް ގާއިމުކުރެވިފައި ނެތްކަމަށެވެ.

”ތަޢުލީމީ ދާއިރާއިން ބަލާކަމުގައި ވާނަމަ އިންކްލޫސިވިޓީއެއް ނެތް. ހާއްސަ އެހީޔަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ގޮތަށް އެ ކުދިންނަށް ބޭނުންވާ ސަމާލުކަން ދެވޭ ނިޒާމެއް ރާއްޖޭގައި ތަޢުލީމީ ދާއިރާގައި ފުރިހަމަ ކުރެވިފައެއް ނެތް,“ ރައީސް ވިދާޅުވި އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދެވޭނެ ނިޒާމު ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ގާއިމުކުރުމަށް އިސްކަންދޭނެ ކަމަށް ރައީސް އިއުލާނުކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން، އިންކްލޫސިވް ކްލާސްރޫމްތައް ގާއިމުކުރުމާއި، އެކަމަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުން ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކޮންމެ ރައްޔިތަކީ ވެސް އެމަނިކުފާނަށް މުހިންމު، ހަމަހަމަ ރައްޔިތެއް ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމުގައެވެ. އަދި ޓީޗަރުން ތަމްރީނު ކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުން މިހާތަނަށް 80 ޓީޗަރުން ތަމްރީނު ކުރެވިފައިވާ ކަމަށާއި އަންނަ އަހަރު އިތުރު ޓީޗަރުން ތަމްރީނު ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ށ. ފުނަދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ