ރާއްޖޭގައި ފުރަތަމަ ފަހަރަށް ވޮކޭޝަނަލް ހައި ސްކޫލެއް އެޅުމަށް ނިންމައިފި

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ވޮކޭޝަނަލް ހައި ސްކޫލެއް އަޅަން ނިންމައި، މި މަޝްރޫ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ށ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފުނަދޫއަށް ރޭ ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. މި ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އޭ-ލެވެލް ތަޢުލީމު ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

”އަޅުގަނޑުމެން މާލެ ސަރަހައްދުގައި ވޮކޭޝަނަލް ހައި ސްކޫލެއް އަލަށް ރާއްޖޭގެ ތާރީޚުގައި، އެބަ އަޅަން. އެހެންވީމަ އެއީވެސް އަންނަ އަހަރު ތެރޭގައި ހިނގާ ކަމެއް،“ ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު 16 އަހަރާ ހަމައަށް މަޖުބޫރު ތަޢުލީމު އޮތްނަމަވެސް، ކުޑަކުއްޖެއްގެ އުމުރު 18 އަހަރާ ހަމައަށް އޮންނަކަން ފާހަގަކުރައްވަމުން، ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރަކު ބޭނުންވާ މަގަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ މުހިންމު ބައެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އޯ-ލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އޭ-ލެވެލްއަށް ދާ ދަރިވަރުންގެ ނިސްބަތް މިހާރު ވަނީ 50 އިންސައްތައާ ގާތްކޮށްފަ އެވެ. މިއީ ކުރިން 40 އިންސައްތައިގައި ހުރި އަދަދެކެވެ. ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި ތަޢުލީމުދޭ ޤައުމުތަކުގައި މި އަދަދު އުޅެނީ 60-65 އިންސައްތައިގައި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އިންކްލޫސިވް އެޑިޔުކޭޝަނާއި އޭ-ލެވެލްއާ ހަމައަށް ކިޔަވައިދިނުމުގެ މަޝްރޫޢުތައް ފުޅާ ދާއިރާއެއްގައި ހިމެނުމަށް ނިންމާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ. މީގެ ތެރޭގައި އެކަޑަމިކް އަދި ވޮކޭޝަނަލް ދެ މަގުންކުރެ ކޮންމެ މަގަކުން ނަމަވެސް ދަރިވަރުންނަށް އޭ-ލެވެލްއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.

ށ. ފުނަދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ