އަންނަ އަހަރު އާ މަޝްރޫތަކަށް 3 ބިލިއަން ރުފިޔާ ކަނޑައަޅާނެ: ރައީސް މުއިއްޒު

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފުނަދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ ހިމަނާނެ ކަމަށާއި އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ ހަރަދު ކުރާނީ އަލަށް ފަށާ ތައުލީމީ ދާއިރާގެ މަސައްކަތްތަކަށް ކަމަށާއި މަދުވެގެން 500 މިލިއަން ރުފިޔާ ހަރަދު ކުރާނީ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫތަކަށް ކަމަށެވެ.

އަޅުގަނޑުމެން ގާތްގަނޑަކަށް 3 ބިލިއަން، 3000 މިލިއަން ރުފިޔާ، އާ މަޝްރޫތަކަށް މިއަންނަ އަހަރު އެބަ ކަނޑައަޅަން. އޭގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ތައުލީމީ ދާއިރާގެ މަޝްރޫތަކަށާއި މަދުވެގެން 500 މިލިއަން ރުފިޔާ އަލަށް ފަށާ ސިއްހީ ދާއިރާގެ މަޝްރޫތަކަށް ކަނޑައަޅާނަން.

ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ތަޢުލީމީ އަދި ޞިއްޙީ ދާއިރާއަށް އެންމެ އެދެވޭ މިންވަރަށް މަސައްކަތްތައް ކޮށްދެވިފައި ނުވާ ކަމަށެވެ.

މި ގޮތުން، އަންނަ އަހަރު ތަޢުލީމީ ދާއިރާއިން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު އުނގަންނައިދިނުމުގެ ނިޒާމު ޤާއިމުކުރުމަށް ޚާއްޞަ މަޝްރޫޢެއް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޞިއްޙީ ދާއިރާއިން، ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުމަށްޓަކައި އާ އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ އިންތިޒާމުތައް ހޮސްޕިޓަލުތަކުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓު މިހާރު ވަނީ ނިންމުމުގެ މަރުޙަލާގައި ކަމަށާއި، އެންމެ ފުރިހަމަ މިނުގައި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަންނަ އަހަރުވެސް ގިނަ މަޝްރޫތަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫތައް ހިންގާނެ ކަމަށާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއަށް މީގެ ކުރިން ދުވަހަކުވެސް އިސްކަމެއް ނުދޭހާ ބޮޑަށް އަންނަ އަހަރުގެ ބަޖެޓުގައި ދޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ށ. ފުނަދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުލަތުގެ ބަޖެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ