ފުނަދޫގައި ގާއިމުކުރި 30 ޓަނުގެ އައިސްޕްލާންޓް ހުޅުވައިފި

Advertisement

އެންމެ ފަސް

Advertisement

ށ. ފުނަދޫގައި ޤާއިމްކޮށްފައިވާ 30 ޓަނުގެ އައިސްޕްލާންޓް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މި އައިސްޕްލާންޓް ހުޅުވައިދެއްވީ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ފުނަދޫގައި ޤާއިމްކޮށްފައިވާ މި އައިސްޕްލާންޓަކީ ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ފެންވަރުގެ ޕްލާންޓެކެވެ.

ސަރުކާރުން މަސްވެރިންނަށް ދިމާވެފައިވާ އައިސް ހޯދުމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ ދަށުން ފުނަދޫގައި މި ޤާއިމްކުރެވުނު އައިސްޕްލާންޓަކީ އެ ސަރަހައްދުގެ މަސްވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

މި އައިސްޕްލާންޓް ޤާއިމްކުރެވުމާއެކު މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ތެލަށް ކުރަންޖެހޭ ޚަރަދުތައް ވެސް ކުޑަވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މި އައިސްޕްލާންޓް ހުޅުވުމާއެކު އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބި، މަސްވެރިންގެ މަސައްކަތަށް ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ށ. ފުނަދޫ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ