މަރޮށީގައި 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

Advertisement

އެންމެ ފަސް

Advertisement

ށ. މަރޮށީގައި ހަތަރު މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި ހަތަރު މަޝްރޫގެ އަމަލީ މަސައްކަތްތައް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުތަކެއްގަ އެވެ.

މި ރަސްމިއްޔާތުތަކުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ހަށިހެޔޮކަމުގެ މިނިސްޓަރު އަބްދުﷲ ރާފިއު، ހޯމް މިނިސްޓަރު އަލީ އިހުސާނު، ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ފެނަކަ ކޯޕަރޭޝަން ގެ މެނޭޖިން ޑިރެކްޓަރު ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވީ ރައީސް މުއިއްޒު އެވެ.

މަރޮށީގައި މިއަދު އަމަލީ ގޮތުން ފެށި މަޝްރޫތަކަކީ، އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫ، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫ ފުލުހުންގެ މަރުކަޒާއި އެ ރަށުގައި ގާއިމްކުރާ ކައުންސިލް އިދާރާގެ އާ އިމާރާތުގެ މަސައްކަތެވެ.

މަރޮށި ކައުންސިލްގެ އާ އިމާރާތާއި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުން.

އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް މިނިސްޓަރު މޫސާ ޒަމީރު ފައްޓަވައިދެއްވާފައިވާއިރު ފެނަކައާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހަށިހެޔޮކަމުގެ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މަރޮށި ފިޓްނަސް ސެންޓަރާއި މަގުތައް ހެދުމުގެ މަޝްރޫގެ އަމަލީ މަސައްކަތް ފެށުން.

ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އަދި އެ ރަށުގައި އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާގެ ބިންގާ އަޅައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. ކައުންސިލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ށ. މަރޮށި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފެނަކަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ