މީޑިއާ ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބުވެފައިވާ މެންބަރުން ހަމަޖައްސަވައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް މީޑިއާތަކުން އިންތިހާބުވެފައިވާ ބޭފުޅުން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ހަމަޖައްސަައިފި އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މީޑިއާ ކޮމިޝަނަށް މެންބަރުން ހަމަޖައްސަވާފައިވަނީ މިއަދު ކަމަށެވެ.

އެގޮތުން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ށ.ފޭދޫ، މޫނިމާގެ / އަބްދުލްއަޒީޒް އިބްރާހީމް އަދި ގދ.ތިނަދޫ، މަލަ / ޒަމްއަތު އަހްމަދު ވަހީދެވެ. އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ / ސިމާހާ ނަސީމް އަދި ހދ. ވައިކަރަދޫ، ހިސާން / ހުސައިން ޘަޤީފެވެ.

މި ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެންބަރު ކަމަށް 10 ބޭފުޅުން ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ:

  • ފާރިސް ތޯހާ، ހ. ސޯސަން
  • އިބްރާހިމް މުހައްމަދު، ގ. ވިންޑް
  • މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
  • ސަފާ ޝަފީގު، ދ.މީދޫ، ބިއްލޫރިވިލާ
  • އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  • މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
  • މޫސާ ރިލްވާން، މ. ހާވިލާ
  • ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
  • ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
  • ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

މި ނިންތައް ދިރާސާ ކުރުމަށް މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

މީޑިއާ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރާ 3 މަގާމަށް 10 ބޭފުޅެއްގެ ނަން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނެވެ.

ރައީސް އޮފީސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ