ހަމާސްއިން ހުރިހާ ރަހީނުން މިނިވަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ހަމާސްއިން ރަހީނުކޮށްފައިތިބި ހުރިހާ އަސީރުން މިނިވަންކޮށްފި އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމާ އެއްގޮތަށް ހަމާސް އަދި އިޒްރޭލުން ހަމަލާތައް ހުއްޓާލާފައިވާއިރު، މިއަދު އަންނަނީ ޓްރަމްޕްގެ ހުށަހެޅުމުގައިވާގޮތަށް އަސީރުން މިނިވަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޓްރަޕްމްގެ ހުށަހެޅުމުގައި ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 72 ގަޑިއިރުގެ ތެރޭގައި ހަމާސްއިން ރަހީނުކޮށްފައިވާ އެންމެން ދޫކޮށްލަންވާނެ ކަމަށާއި އަދި އިޒްރޭލުން އުމުރަށް ޖަލަށް ލާފައިވާ ޣައްޒާގެ 250 މީހުންނާއި، ހައްޔަރުކޮށްފައިވާ 1700 މީހުން ދޫކޮށްލަންވާނެ ކަމަށެވެ.

އެގޮތުން ހަމާސްއިން ރަހީނުކޮށްފައިވާ 20 މީހަކު މިއަދު ރެޑްކްރޮސްއާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެމީހުން މިހާރު އިޒްރޭލާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ހަމާސްއިން ރަހީނުކޮށްފައިތިބި މީހުން މިނިވަން ކޮށްފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރުގައި 7 މީހުން އަދި އޭގެފަހުން 13 މީހުން ވަނީ މިނިވަންކޮށްފަ އެވެ.

މީގެއިތުރުން އިޒްރޭލުންވެސް އެ މީހުންގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރަމުންދާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

ހަމާސްއިން ރަހީނުން މިނިވަންކުރުން

ރަހީނުންނާއި ހައްޔަރީން މިނިވަންކުރުން ކުރިއަށްދާއިރު އެމެރިކާގެ ރައީސް ޓްރަމްޕް މިވަގުތު ހުންނެވީ އިޒްރޭލުގަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުުން ހަމާސް ހިންގުން ހުއްޓާލާ، ހަތިޔާރު ބަހައްޓަންވާނެ ކަމަށެވެ. އަދި ޣައްޒާ ދޫކޮށް ދާން ބޭނުންވާ ހަމާސްގެ މީހުންނަށް އެ ފުރުސަތު ހުޅުވާލަންވާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެއްވެސް ހުރަހެއްނެތި ޣައްޒާއަށް އިންސާނީ އެހީ ވަގުތުން ވައްދަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ޓްރަމްޕްގެ ހުށަހެޅުމުގައި ވަނީ ޣައްޒާގެ ހިންގުމުގައި ހަމާސް ބައިވެރި ނުކުރެވޭނެކަމަށް ހިމަނާފަ އެވެ. އަދި ޣައްޒާ ރައްކާތެރިކޮށް ބެލެހެއްޓުމަށް އިންޓަނޭޝަނަލް ސްޓޭބަލައިޒޭޝަން ފޯސް (އައިއެސްއެފް) ގެނަމުގައި ތަމްރީނުކޮށްފައިވާ ޕޮލިހުން ހަރަކާތްތެރިވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އިޒްރޭލަށް އެއްވެސް ގޮތަަކަށް ޣައްޒާ ނުހިފޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހަމާސް އިޒްރޭލް ގައްޒާ ގައްޒާ ހަނގުރާމަ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ