އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރެއް ހޯދުމުގެ ފުރުސަތު

Advertisement

އެންމެ ފަސް

Advertisement

އުރީދޫ މޯލްޑިވްސްއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އޭޕްރީލް މަހު ފަށައިގެން ކުރިއަށް ގެންދާ ”ލިވް އަންލިމިޓަޑް“ ކެމްޕެއިނުގެ ދަށުން، އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް ހައްޖު ދަތުރެއް ކާމިޔާބުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫން މިއަދު ހާމަކޮށްފި އެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް 8 ކަސްޓަމަރަކަށް އުމްރާ ދަތުރު ލިބިފައިވާއިރު، ކެމްޕެއިންގެ މައިގަނޑު އިނާމެއްގެ ގޮތުގައި ދެ މީހަކަށް ހައްޖު ދަތުރެއް ކަނޑައަޅާފައިވެ އެވެ. އުރީދޫން ފާހަގަކުރި ގޮތުގައި މި ކެމްޕެއިންގެ ހާއްސަ ކަމަކީ އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށް ވެސް މި ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު އޮތުމެވެ.

މި ކެމްޕެއިންގައި ބައިވެރިވުމަށް، ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް ހޭދަކުރަންޖެހެ އެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުން މަދުވެގެން 400 ރުފިޔާ ހަރަދުކުރަންޖެހޭނެއެވެ. މީގެއިތުރުން، އުރީދޫގެ ހިދުމަތް 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުންކުރަންޖެހެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވި ގޮތުގައި، ”ލިވް އަންލިމިޓަޑް ކެމްޕޭނާއެކު އަޅުގަނޑުމެންގެ އަމާޒަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުން އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ އަގުވަޒަން ކުރުމެވެ. މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެކަމެވެ.“

އުރީދޫން ބުނެފައިވަނީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށެވެ. އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ޕްރޮމޯގައި ބައިވެރިވެވޭނެ ކަމަށާއި، ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކުން ގުރުއަތުގައި ބައިވެރިވެގެންދާނެ ކަމަށެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ