ޕޭޕަލްގެ ހިދުމަތް ތައާރަފްވުމަކީ ދިވެހިންނަށް އާ ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ހެއްކެއް: މިނިސްޓަރު ސައީދު

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ޕޭޕާލްގެ ޚިދުމަތް ތަޢާރަފުކުރުމަށް އުރީދޫ ފިންޓެކާއެކު އެއްބަސްވެގެން ދިޔުމަކީ ދިވެހިން ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ކުރިއަރައި ދިއުމަށް އާ ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެއް ފުއްދުމުގެ ގޮތުން، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމްތައް ރާއްޖެއަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން، ޕޭޕާލް އަދި އޫރީދޫ އެމް-ފައިސާ ވޮލެޓް އެއްކޮށްލެވި، ވިޔަފާރިތަކަށާއި އުފެއްދުންތެރިންނަށް އެމީހުންގެ މަސައްކަތުން އާމްދަނީ ހޯދުމަށާއި، ބައިނަލްއަޤްވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކާ ގުޅުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން މާލީ ނިޒާމު ހަރުދަނާކޮށް، ހުރަސްތައް ނައްތާލައި، ދިވެހިން ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ކުރިއަރައި ދިއުމަށް އައު ފުރުސަތުތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ.

މި މުހިންމު މަޝްރޫޢު ކާމިޔާބުކުރުމުގައި އެހީތެރިވެދެއްވި ޕޭޕާލް، އޫރީދޫ ފިންޓެކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި އެހެނިހެން ބައިވެރިންނަށް މިނިސްޓަރު ސައީދު ޝުކުރު އަދާކުރައްވާފައިވެ އެވެ.

އުރީދޫއިން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުގެ ކަސްޓަމަރުންނަށް އަމާޒުކޮށް މުދަލާއި ޚިދުމަތް ވިއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖެ ފުރިހަމަ ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުވުމުގެ ދަތުރުގައި މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގިނަކަމާއި، ފަންނީ އަދި މާލީ މިފަދަ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖެ ފަދަ ގައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ، މިފަދަ ބައިނަލްއަގުވާމީ ހިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދީ، އެތަށް ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ހުރަސްތައް ކަޑައްތުކޮށްފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އުރީދޫ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޕޭޕަލްގެ ހިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ