އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް ވުރެ މައްޗަށް

Advertisement

އެންމެ ފަސް

Advertisement

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ޖުމްލަ 1،701،785 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.1 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،546،319 ފަތުރުވެރިންނެވެ.

އޮކްޓޯބަރު މަހުގެ ފުރަތަމަ 11 ދުވަހުގެ ތެރޭގައި 65،296 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ސެޕްޓެމްބަރު މަހު 149،563 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 279،690 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިން 208،329 ފަތުރުވެރިންނާއެކުއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫކޭއިން 149،690 ފަތުރުވެރިންނާއެކުގަ އެވެ.

ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ 2.3 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލުވުމަށް އަދި ބޭނުންވަނީ 598،215 ފަތުރުވެރިންނެވެ. މިހާރުގެ ހަލުވި ދުވެލީގައި ފަތުރުވެރިން ޒިޔާރަތްކުރަމުންދާ ނަމަ، އަހަރު ނިމުމުގެ ކުރިން މި އަމާޒަށް ވާސިލުވެވޭނެ ކަމަށް ލަފާކުރެވެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ