މަސްވެރިން ތަމްސީލުކުރަން މިފްކޯގެ ބޯޑަށް ރީޝަމް މުޙައްމަދު އައްޔަންކޮށްފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މަސްވެރިޔަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނި ގޮތުގައި މިފްކޯގެ ބޯޑަށް އައްޔަންކޮށްފައިވަނީ ގދ. ތިނަދޫ ރިހިވެލި، ރީޝަމް މުޙައްމަދު ޝަރީފް އެވެ.

ރީޝަމްގެ އައްޔަންކުރެއްވުމާއެކު މިފްކޯގެ ބޯޑުގައި މިހާރު ތިއްބެވީ ހަ ޑިރެކްޓަރުންނެވެ. އެގޮތުން ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ސަލާހު ޝަރީފް، ޝަޒްނާ މުޙައްމަދު، ޒުލައިހާ ޔޫމީ ރަޝީދު އަދި ޝިމާޒްގެ އިތުރުން މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރެވެ. ކުންފުނީގެ ޗެއާމަން ހިމެނޭ ގޮތުން އެ ކުންފުނީގެ ބޯޑުގެ ތިން މަޤާމެއް އަދިވެސް އޮތީ ހުސްކޮށެވެ.

އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ދިޔަ މިފްކޯ ވަނީ 100 އިންސައްތަ ސަރުކާރުން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ބަދަލުކޮށްފަ އެވެ.

މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް އެ ކުންފުނީގެ ބޯޑަށް މަސްވެރިންގެ ތެރެއިން މީހުން އައްޔަންކުރުމަކީ ރައީސް މުޙައްމަދު މުއިއްޒުގެ ވައުދެއްކަން ފާހަގަކޮށްލެވެ އެވެ. އަދި މިފްކޯގެ ހިންގުމުގެ ނިޒާމަށް ބަދަލުގެނެސް، ދިވެހި މަސްވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު މިހާރަށްވުރެ ހަރުދަނާކޮށް، މިނިވަން މުސްތަޤިއްލު ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރެވެ އެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ