މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 9.5 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ: މިފްކޯ

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ހަފުތާގައި މިފްކޯއަށް 276 ދޯންޏަކުން ކިރުވި މަހަށް 9.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސްކުންފުނި (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިދިޔަ ހަފުތާގައި މަސްކިރުވި ދޯނިތަކުގެ އަދަދު ވަނީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 17.4 އިންސައްތަ އިތުރުވެފަ އެވެ. ނަމަވެސް މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދު ވަނީ 3.04 އިންސައްތަ ދަށްވެފަ އެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރެވިފައިވަނީ ހޮނިހިރު ދުވަހު އެވެ. އެދުވަހު 53 ދޯންޏަކުން މަސްކިރުވާފައިވާއިރު، 2،161،726 ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ޚާއްސަ އިސްކަމެއް ދެމުންދާއިރު، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އުސޫލު ދަނީ ކުރިއަށެވެ. މިކަމަކީ މަސްވެރިންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެ އެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން މިފަދަ ފިޔަވަޅުތައް އަޅަމުންދާއިރު، މިފްކޯއިން މަސްގަތުމުގެ މުއާމަލާތްތައް އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ