ޓްރޭޑްނެޓްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީގެ ނަމަށް ބަދަލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްގެ ނަމަށް ބަދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ބަދަލު ގެންނަވާފައިވަނީ 2025/30 ޤަރާރުގެ ދަށުން ނެވެ.

2019 ވަނަ އަހަރު އުފެދުނު މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި ”ސިންގަލް ވިންޑޯ“ އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަޤްޞަދުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ”މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން“ މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކަ އެވެ. އަދި ސަރުކާރުގެ ޓެކްނޯލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ދިވެހިރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކަ އެވެ.

މި ކުންފުނިން ވަނީ ވަންގަވް އަދި ނޭޝަނަލް ސިންގަލް ވިންޑޯ ފަދަ މުހިންމު ޕްލެޓްފޯމްތައް ތަޢާރަފުކޮށް، ސަރުކާރުގެ ޚިދުމަތްތަކާއި ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކޮށްދީފަ އެވެ. އަދި ކުންފުނީގެ މުހިންމު މަޝްރޫޢެއް ކަމަށްވާ ޓްރޭޑިއަން މިހާރު ވަނީ މަތިންދާބޯޓުގެ ޚިދުމަތްތަކާއި އުޅަނދު ރަޖިސްޓްރީކުރުމުގެ ދާއިރާއަށްވެސް ފުޅާކޮށްފަ އެވެ.

ކުންފުނީގެ ޗެއަރޕާސަންގެ މަޤާމުގައި މިހާރު ހުންނެވީ ސިޔާ ޚަލީލް،، މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވީ ސަޢީދާ ޢުމަރު ކަން ފާހަގަކޮށްލެ ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޓްރޭޑްނެޓް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ