ކުރިއަށް އޮތް ވިއްސަކަށް ދުވަސްތެރޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިމޭނެ: ބީއެމްއެލް

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނިންމުމުގެ މަސައްކަތް ކުރިއަށް އޮތް ވިއްސަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ބޭންކުގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އދ. މަންދޫގައި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވި ގޮތުގައި މިހާތަނަށް ބީއެމްއެލްއިން ވަނީ ޖުމުލަ 250 އޭޓީއެމް ބަހައްޓާފައެވެ. އަދި މިވަގުތު އޭޓީއެމް ބެހެއްޓިފައި ނުވަނީ އެންމެ 10 ރަށެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”ރާއްޖޭގަ އޭޓީއެމް ނުބެހެއްޓި ހުރީ ޖުމްލަ 10 ރަށުގައި. އަމާޒަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ވިއްސަކަށް ދުވަސްތެރޭ މުޅި ޕްރޮޖެކްޓް އެއްކޮށް ނިންމާލުން،“ ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން އެންމެ ފުރަތަމަ އޭޓީއެމް ބަހައްޓަން ފެށިތާ 24 އަހަރުގެ ތެރޭގައި މާލެ ފިޔަވައި އެހެން 81 ރަށުގައި އޭޓީއެމް ބެހެއްޓުނު ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުގެ ދައުރުގައި ވޭތުވެދިޔަ އަށް މަސްދުވަހުގެ ތެރޭގައި 95 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މިހާތަނަށް ބީއެމްއެލްއިން ވަނީ 17 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައެވެ. އަދި މިވަގުތު އޭޓީއެމް ބަހައްޓައި ނުނިމޭ އަތޮޅުތަކަކީ ޅ. އަތޮޅާއި، ލ. އަތޮޅު އަދި އައްޑޫ ސިޓީއެވެ.

ބީއެމްއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ