ބީއެމްއެލްގެ މާމިގިލީ ބްރާންޗްގެ ބިންގާ އަޅައިފި

Advertisement

އެންމެ ފަސް

Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އދ. މާމިގިލީގައި ދެމުންދާ ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދު އާ ބްރާންޗެއްގެ ބިންގާ އަޅައިފި އެވެ.

މި ބްރާންޗްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ މުޅި ރާއްޖެ ހިމެނޭ ފުޅާ ބޭންކިން ވިއުގައެއް ގާއިމުކޮށްފައިވާ ބޭންކެކެވެ. މިގޮތުން 20 އަތޮޅުގައި 42 ބްރާންޗް، 190 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި 248 އޭޓީއެމްގެ ޚިދުމަތް ބީއެމްއެލުން ވަނީ ގާއިމުކޮށްފަ އެވެ.

މާމިގިލީގައި އާ ބްރާންޗެއް ގާއިމުކުރުމުން އެ ރަށުގެ ރައްޔިތުންނަށާއި އަތޮޅު އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށް ލިބެމުންދާ ބޭންކިންގ ޚިދުމަތް އިތުރަށް ފުޅާވެ، ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިގެންދާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް މާމިގިލި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ގާސިމް އިބްރާހިމް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ