އދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ޤާއިމްކޮށްފި

Advertisement

އެންމެ ފަސް

Advertisement

އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފިއެވެ.

މި ޚިދުމަތް އެންމެ ފަހުން ފެށީ މިއަދު އދ. މަންދޫގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު މަންދޫގައި މި ޚިދުމަތް ފެށުމާއެކު، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފެށިފަ އެވެ. މި ޚިދުމަތް ގާއިމްކޮށްފައިވަނީ ބީއެމްއެލްގެ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޭޓީއެމް މަޝްރޫޢުގެ ދަށުންނެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، އދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލްވެވޭނެ ބޭންކިންގ ޚިދުމަތެއް ގާއިމްކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފައިވެ އެވެ.

”އދ. އަތޮޅަކީ ފަތުރުވެރިކަން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އަތޮޅަކަށްވެފައި އަޅުގަނޑުމެންގެ ޚިދުމަތްތައް މުޅި އަތޮޅަށް ފުޅާކުރުމުން މި އަތޮޅުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އަދި މާލީ ޚިދުމަތްތަކާއެކު އަތޮޅުގެ އިގްތިސާދު އިތުރަށް ކުރިއަރައިގެންދާނެ،“ ޝަރީފް ވިދާޅުވި އެވެ.

މި ހަފްތާގެ ތެރޭގައި މަންދޫގެ އިތުރުން ދިއްދޫ، ފެންފުށި އަދި ކުނބުރުދޫގައިވެސް އޭޓީއެމް ގާއިމްކޮށްފައިވެ އެވެ. މިހާރު ބީއެމްއެލްއިން ވަނީ މުޅި ރާއްޖޭގައި 250 އޭޓީއެމް އަދި 20 އަތޮޅުގައި 42 ބްރާންޗް ގާއިމްކޮށްފައެވެ. މީގެ އިތުރުން 192 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުވެސް އެ ބޭންކުން ވަނީ ގާއިމްކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ