ކުޅިވަރުގެ 11 މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކުޅިވަރާ ގުޅޭ 11 މަޝްރޫއެއްގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދު އެވެ. އަދި ކުޅިވަރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުންކަމަށްވާ މުހައްމަދު ފަޔާޒް، ހުސައިން ނިހާދު އަދި އަސްލަމް ރަހާ އެވެ.

މި މަޝްރޫއުތަކުގެ ދަށުން ހަތް ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމްކުރެވޭނެ އެވެ. އެއީ ލ. މާވަށް، ކ. މާފުށި، ކ. ދިއްފުށި، ކ. ގުޅި، ކ. ތުލުސްދޫ، ކ. ހިންމަފުށި އަދި ކ. ހުރާގައެވެ. މީގެ އިތުރުން ތިން ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓު ތަރައްގީކުރެވޭނެ އެވެ. އެއީ ލ. ހިތަދޫ، ލ.މާވަށް އަދި ހއ. ވަށަފަރުގައެވެ. އަދި ލ. ފޮނަދޫގައި ފުޓްސަލް ދަނޑެއް ތަރައްގީކުރެވޭނެ އެވެ.

ރާއްޖޭގެ ރަށްރަށުގައި ކުޅިވަރު ކުޅެވޭނެ ދަނޑުތައް ގާއިމްކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމަށް ވެފައި، އެކި ރަށްރަށުގައި ހޭންޑްބޯލް ކޯޓާއި ވޮލީ ކޯޓުގެ އިތުރުން ފުޓުބޯޅަ ދަނޑު ވެސް ސަރުކާރުން ދަނީ ގާއިމްކުރަމުންނެވެ. މި މަޝްރޫއުތަކުގެ ސަބަބުން ގިނަ ރަށްރަށެއްގެ ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ފޯރުކޮށްދެވި، ކުޅިވަރަށް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެ އެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ