ކުރިނބީ ބަނދަރު މަޝްރޫއު: މިހާރު ކުރިޔަށްދަނީ ވޯލް ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތް

Advertisement

އެންމެ ފަސް

Advertisement

ހދ. ކުރިނބީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިވަގުތު ކުރިޔަށްދަނީ ކުއޭ ވޯލް ބްލޮކް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫޢަށް ބޭނުންވާ ކުއޭ ވޯލް ބްލޮކްގެ ހަތަރުވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

42.45 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި 7,071 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުމާއި، 32,381 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި އައު ބަނދަރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، 2,040 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 295 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 340 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން 10 މީޓަރު ދިގު އަދި 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، އެކްސަސް ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 1,556.61 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.

މި މަޝްރޫޢު ނިމުމުން ހދ. ކުރިނބީގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ބަނދަރެއްގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މި ބަނދަރުގެ ސަބަބުން އެރަށުގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ކުރިއަރައިގެން ދިއުމަށް މަގުފަހިވެގެންދާނެއެވެ.

މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ