ތިނަދޫ އެކްސިޑެންޓާ ގުޅިގެން ސައިކަލު ދުއްވަން އިންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް

Advertisement

އެންމެ ފަސް

Advertisement

ގދ. ތިނަދޫގައި އިއްޔެ ހިނގި އެކްސިޑެންޓަކާ ގުޅިގެން ސައިކަލު ދުއްވަން އިންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި އެކްސިޑެންޓްގައި މަގު ހުރަސްކުރި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާ ވެފައިވެ އެވެ. އަދި އެ ކުއްޖާއަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އެކްސިޑެންޓުގައި ސައިކަލު ދުއްވީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެ މީހާ އަކީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން ނެތް މީހެއް ކަމަށް ފުލުހުން ވަނީ މައުލުމާތުދީފަ އެވެ. އަަދި އެކްސިޑެންޓުވުމުން މަޑުނުކޮށް ގޮސްފައިވާކަން ފާހަގަކޮށް ފުލުހުންބުނީ އެ މީހާ، މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މީގެއިތުރުން މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯ ކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި އެކްސިޑެންޓްގެ މަންޒަރުތައް ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަގޮތުގައި ކުއްޖާ މަގުހުރަސްކުރަނިކޮށ ްބާރު ސްޕީޑުގައި އަންނަ ސައިކަލުން ކުއްޖާގެ ގައިގައި ޖެހި، ކުއްޖާ ވިއްސައިގެންދެ އެވެ. އަދި ސައިކަލު ދުއްވަންއިން މީހާއާ އެކު ވއްޓޭ މަންޒަރުވެސް ފެނެ އެވެ. އޭގެފަހުން އެ ސަރަހައްދުގައި ތިބި ބަޔަކު އެ ކުއްޖާ ނަގައިގެން އުޅޭ މަންޒަރުވެސް ފެނެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ގދ. ތިނަދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ